Thursday, October 16, 2014


ޙަޔާތުގެ ތަރުޖަމާ
މައިވޮ ކިސްތަރާސެ ކަރޫން ބަޔާބް ޖޮކިޔޭ ގައޭހެ ސިތަމް ޔަހާ
އެލިބުނު ހިތްދަތިކަމާ ހިތާމަ އަހަރެން ބަޔާން ކުރާނީ ކިހިނަކުންހެއްޔެވެ.
ސުނެ ކޯން މޭރި ޔެ ދާސްތާން ކޮއީ ހަމްނަޝީންހެ ނަ ރާޒްދާން
އަހަރެންގެ މިހިތާމައިގެ ވާހަކަތައް އަޑުއަހާކަށް ބައިވެރިއަކުވެސް އަދި ސިއްރުވެރިއަކުވެސް ނެތެވެ.
ޖޮތަޖޫޓު ވޯ ބަނާ ސަޗް ޔަހާ ނެހީ ކޯލީ މައިނޭ މަގަރު ޒުބާން
އެ ދޮގުވާހަކަތައް ތެދައް ހެދިއިރުވެސް އަހަރެން ދޫބަންދު ކޮއްގެން ހުރީމެވެ.
ޔެ އަކޭލާޕަން ޔެ އުދާސިޔާ މެރި ޒިންދަގީކިހެ ތަރުޖުމާ
މި އެކަނިވެރިކަމާ މި ހިތުގެ އުދާސްކަން މިއީ އަހަރެންގެ ޙަޔާތުގެ ތަރުޖަމާއެވެ.
މޭރި ޒާތު ޒައްރައެ ބޭނިޝާން
އަހަރެންނަކީ ދުނިޔޭގައި އަހަރެން ހުރިކަމުގެ ނިޝާނެއްވެސް ނެތް ފަދަ މީހަކީމެވެ .
ކަބީ ސޫނި ސުބުހޮމެ ގޫމްނާ ކަބި އުޖުޅި ޝާމްކޮ ދޭކްނާ
ބައެއްފަހަރު ފަތިހުގެ ހަމަހިމޭންކަމުގައި ހިގާހަދަމެވެ، އަދިބައެއްފަހަރު ވީރާނާ ވެފައިވާހަވީރު ދެކެމެވެ.
ކަބީ ބީގި އާންކޮންސޭ ޖާގުނާ ކަބީ ބީތެލަމްހޯންކޮ ސޯޗުނާ
ބައެއްފަހަރު ކަރުނައިން ފުރިފައިވާ ދެލޮލާއި އެކު ހޭލާ ހުންނަމެވެ. ބައެއްފަހަރު މާޒީއާމެދުވިސްނަމެވެ.
މަގަރް އޭކްޕަލްހެ އުމީދުކާ ހެމުޖޭ ޚުދާކަ ޖޮއާސްރާ
އެކަމަކު މާތްރަސްކަލާންގެ ރަޙްމަތްފުޅު މަތިން ހަނދާން ވުމުން އުއްމީދު އާވެއެވެ.
ނެހީ މައިނޭ ކޯއީ ގިލާ ކިޔާ ނެހީ މައިނެ ދީހެ ދުހާއިޔާ
އަހަރެން މިކަމާ ބަދު ބަހެއްވެސް ނުބުނަމެވެ. އަދި ޝަކުވާއެއްވެސް ނުކުރަމެވެ.
މޭރި ޒާތު ޒައްރައެ ބޭނިޝާން
އަހަރެންނަކީ ދުނިޔޭގައި އަހަރެން ހުރިކަމުގެ ނިޝާނެއްވެސް ނެތް ފަދަ މީހަކީމެވެ.
މައި ބަތާއުކިޔާ މުޖޭ ކިޔާ މިލޭ މުޖޭ ސަބްރުހީކަ ސިލާ މިލޭ
އަހަރެންނަށް ލިބުނީ ކޮންއެޗެއްކަން ބުނެދެންހެއްޔެވެ. އަހަރެންނަށް ލިބުނީ ކެތްތެރިވުމައް ނަސޭހަތެވެ.
ކިސީޔާދުހީ ކިރްދާރް މިލޭ ކިސިދަރްދުހީކަ ސިރާ މިލޭ
ކުޅެންލިބުނީ ހަނދާނުން ނުފިލާ ވަރުގެހިތާމަވެރި ރޯލެކެވެ.ބޯން ޖެހުނީ ވޭނުން ފުރިގެންވީ ހިތިބުއިމެކެވެ.
ކިސީޣަމްކި ދިލްމެ ޖަގާ މިލޭ ޖޮމެރާހެ ވޯ މުޖޭ އާ މިލޭ
ހަމައެކަނި އަހަރެންގެ މިލްކުގައިވީ ހިތާމައިން ފުރިގެންވީ ހިތެކެވެ. އެހިތުން ޖާގަ ލިބުނެވެ.
ރެހެ ސާތު ޔޫހީ މެރާ ޖަހާން ކެ ޔަޤީންމެ ބަދްލޭ މެރާ ގުމާން
އަހަރެންގެ ކުށެއް ނެތްކަން ސާބިތުވަންދެން އަހަރެން ދިރި ދުނިޔޭގައި ލަހައްތަވާށިއެވެ.
މޭރި ޒާތު ޒައްރައެ ބޭނިޝާން
އަހަރެންނަކީ ދުނިޔޭގައި އަހަރެން ހުރިކަމުގެ ނިޝާނެއްވެސް ނެތް ފަދަ މީހަކިމެވެ.




Friday, September 12, 2014



އަސަރުން ފުރިފައިވީ ހަމަހިމޭންކަން
ހޯޝްވާލޯންކޮ ކިޔާ ޚަބަރް ބޭޚުދީ ކިޔާ ޗީޒުހޭ
ހަމަ ހޭވެރިކަމުގައި ތިބި މީހުންނަށް ގޮތްކުޑަ ކަމަކީ ކޮބާކަން އެގޭނީ ކިހިނަކުން ހެއްޔެވެ.
އިޝްޤް ކިޔޭޖާ ޕިރް ސަމްޖިޔޭ ޒިންދަގީ ކިޔާ ޗީޒުހޭ
ނިކަން މީހަކު ދެކެ ލޯބިވެބަލާށެވެ. އޭރުން ދިރިހުރުމަކީ ކޮބާކަން އެގިދާނެއެވެ.
އުންސޭ ނަޒަރް ކިޔާ މިލީ ރޯޝަން ފިޒާއޭ ހޯގައީ
އޭނަޔާ ހަތަރު ކަޅި ބައްދަލުވީ ހިނދު މުޅި ފަޒާ ވިދާ ބަބުޅައިފިއެވެ.
އާޖް ޖާނާ ޕިޔާރުކީ ޖާދޫގަރީ ކިޔާ ޗީޒުހޭ
ލޯބީގެ ޖާދޫ އަކީ ކޮބާކަން މިއަދު އެގިއްޖެއެވެ.
ކުލްތީ ޒުލްފޯނޭ ސިކާޔީ މައުސަމްކޯ ޝާއިރީ
އޭނާގެ ދޫކޮއްލެވިފައިވާ އިސްތަށިގަނޑު ޅެންވެރިކަމަކީ ކޮބާކަން މޫސުމަށް ދަސްކޮއްދީފިއެވެ.
ޖުކުތީ އާކޯންނޭ ބަތާޔާ މައިކަށީ ކިޔާ ޗީޒުހޭ
މަސްތުވުމަކީ ކޮބާކަން އޭނާގެ އިސްޖެހިފައިވާ ދެލޯ ބުނެދީފިއެވެ.

ހަމް ލަބޯންސޭ ކެހެނަޕާއޭ އުންސޭ ހާލޭދިލް ކަބީ
އަހަރެންގެ ހިތުގެ ހާލު އަހަރެންނައް އަހަރެންގެ އަގައިން އޭނާ އަކަށް  ބަޔާނެއް ނުކޮއްދެވުނެވެ.
އަދި ކީއްތަ މި ހަމަހިމޭންކަމަކީ ކޮން އެއްޗެއްކަމެއް އޭނާއަކައްނުވެސް އެގުނެވެ.

Friday, September 5, 2014



ރީތޮ ކޮންމެ މަލެއް ކަލާޔަށް.....
އޭސޭނަ މުޖޭ ތުމް ދޭކޯ ސީނޭސެ ލަގާލޫންގާ
ތިޔަގޮތަށް އަހަރެންނާ ދިމާލަށް ބަލާނަމަ މެޔާ ލާ ބޮނޑިކޮށްލެވިދާނެއެވެ.
ތުމްކޯ މައި ޗުރާލޫންގާ ތުމްސޭ ދިލްމެ ޗުޕާލޫންގާ
ކަލާ ކަލާގެ އަތުން އަތުލާ ހިތުތެރޭގައި ފޮރުވާލެވިދާނެއެވެ.
ތޭރޭ ދިލްސޭ އޭ ދިލްބަރް ދިލް މޭރާ ކެހެތާހޭ
އޭ ލޯބިވެރިޔާއެވެ ކަލާގެ ހިތާ އަހަރެންގެ ހިތް އެބަ ސުވާލުކުރެއެވެ.
ޕިޔާރްކެ ދުޝްމަން ލޯގް މުޖޭ ޑަރް ލަގްތާ ރެހެތާހޭ
ލޯބީގެ ދުޝްމިނުން ދެކެ އަހަރެން އަބަދުވެސް ބިރުގަނެއެވެ.
ތާމްލޮ ތުމް މޭރީ ބާހޭ މައި ތުމޭ ސަނބާލޫންގާ
އަހަރެންގެއުގުރެތެއައް އަންނާށެވެ. އޭރުން އަހަރެން ކަލާ މެޔާލާ ބޮނޑިކޮއްލާނަމެވެ.
ދީމީ ދީމީ އާގުސެ އެކް ޝޯލާ ބަޅްކާޔާހޭ
މި ބޮޑު އަލިފާން ހިތުގައި މިރޯވީ ކުޑަކުޑަ އެންމެ އަލިފާން ކަންޏަކުންނެވެ.
ދޫރުސެ ތުމްނޭ އިސް ދިލްކޯ ކިތުނާ ތަރްސާޔާހޭ
ކަލާ ދުރުގައިހުރެގެން އަހަރެންގެ މިހިތުގެ ކެތްތެރިކަން ކުޑަ ކުރުވައިފީމުއެވެ.
މައި އަބް އިސްދިލްކޭ ސާރޭ އަރްމާން ނިކާލޫންގާ
މިހާރު ދެން އަހަރެންގެ މިހިތުގެ ހުރިހާ އެދުމެއް ފުރިހަމަ ކުރާނަމެވެ.
ޕިޔާރްކެ ދާމަންމޭ ޗުންކަރް ހަމް ޕޫލް ބަރުލޭންގޭ
ރީތި ހުރިހާ މަލަކުން ލޯބީގެ އުގު ފުރާލާނަމެވެ.
ރާސްތޭކޭ ކާޓޭ ސާރޭ ދޫރު ކަރުލޭންގޭ
ކަލާ ހިގާމަގުމަތީގައިވާ ހުރިހާ ކައްޓެއް ހޮވާ ދުރައްލާނަމެވެ.
ޖާނޭމަން ތުމްކޯ އަޕުނީ މައި ޖާން ބަނާލޫންގާ
އޭ އަހަރެންގެ ފުރާނަފަދަ ލޯބިވެރިޔާއެވެ. ކަލާތިޔައީ އަހަރެންގެ ފުރާނަކަމުގައި ހަދާނަމެވެ.

Tuesday, August 27, 2013



ލާ ކޮންމެ ނޭވާ އެއްގައިވެސް ވަނީ ކަލާގެ ނަމެވެ.
ހަމް ތެރެ ބިން އަބް ރެހެ ނެހިސަކްތޭ
މިހާރު ދެން އަހަރެންނަށް ކަލާޔާ ނުލާ އުޅެވޭކަށް ނެތެވެ.
ތެރެބިނާ ކިޔާ ވަޖޫދު މެރާ
ކަލާޔާ ނުލާ އަހަރެން ދުނިޔެއަށް ނޭވާލުމުގެ މާނައެއް ކޮބާހެއްޔެވެ.
ތުޖުސެ ޖުދާ އަގަރް ހޯޖާއެންގޭ
ކަލާޔާ އަހަރެން ވަކިވެއްޖެ ނަމަ..
ތޮ ޚުދްސެހި ހޯޖާއެންގެ ޖުދާ
އަހަރެން އަހަރެންގެ އަމިއްލަ ނަފްސާވެސް ވަކިވާނަމެވެ.
ކިޔުންކި ތުމްހިހޯ އަބް ތުމްހިހޯ ޒިންދަގީ
އެގޮތަކީ އަހަރެންގެ ފުރާނައަކީވެސް މިހާރު ދެން ހަމައެކަނި ކަލާއެވެ.
ޗޭނުބީ މެރަ ދަރްދުބީ މެރި އާޝިޤީ އަބް ތުމްހީހޯ
އަހަރެންގެ ހިތުގެ ހަމަޖެހުމާއި ހިތުގެ ވޭނާއި ހިތުގެ ލޯތްބަކީވެސް މިހާރު ދެން ހަމަ ކަލާއެވެ.
ތޭރާ މެރާ ރިޝްތާހޭ ކޭސާ
އަހަރެމެން ދެމީހުންގެ މެދުގައި މިވަނީ ކޮންކަހަލަ ގުޅުމެއް ހެއްޔެވެ.
އެކްޕަލް ދޫރު ގަވާރާ ނެހީ
އެންމެ ސިކުންތަކަށްވެސް ދުރުގައި ހުރުމަކަށް އެއްބަހެއް ނުވެއެވެ.
ތޭރެ ލިޔޭ ހަރް ރޯޒްހެ ޖީތާ
ދުވަހަކަށްފަހު ދުވަހަކު އަހަރެން ދިރި ދުނިޔޭގައި މިހުންނަނީ ހަމަ އެކަނި ކަލާއަށްޓަކައެވެ.
ތުޖުކޮދިޔާ މެރާ ވަޤްތު ސަބީ
އަހަރެންގެ ހުރިޔާ ވަޤުތެއް މިވަނީ ކަލާޔަށް ހިބަ ކޮށްދީފައެވެ.
ކޮއި ލަމްހާ މޭރާ ނަހޯ ތޭރެ ބިނާ
ކަލާޔާ ނުލާ އެންމެ ހިނދު ކޮޅެއްވެސް އަހަރެންގެ މިލްކު ގައި ނުވެއެވެ.
ހަރް ސާންސްޕެ  ނާމް ތެރާ
އަހަރެންލާ ކޮންމެ ނޭވާއެއްގައިވެސް މިވަނީ ކަލާގެ ނަން ލިޔެވިފައެވެ.
ކިޔުންކި ތުމްހިހޯ އަބް ތުމްހިހޯ ޒިންދަގީ ............................................
ތޭރެ ލިޔޭ ހި ޖިޔާ މައި
އަހަރެން ދިރި ހުރީ ހަމަ އެކަނި ކަލާއަށްޓަކައެވެ.
ޚުދްކޮ ޖޮ ޔޫން ދޭދިޔާ
އަހަރެންގެ ނަފްސު މިގޮތައް ކަލާއަށް ހިބައިން މިދިނީ އެހެންވެގެންނެވެ.
ތޭރެ ވަފާނޭ މުޖުކޯ ސަނބާލާ
ކަލާގެ ވަފާތެރިކަން އަހަރެން ސަމާލު ކުރުވައިފިއެވެ.
ސާރޭ ޣަމްކޯ ދިލްށެ ނިކާލާ
ކަލާ އަހަރެންގެ ހިތުގައިވާ ހުރިހާ ހިތާމައެއް ދުރުކޮއްދިނީމުއެވެ.
ތެރެސާތު މެރާ ހޭ ނަސީބް ޖުޅާ
އަހަރެންގެ ނަސީބު ވަނީ ކަލާޔާ ގުޅިފައެވެ.
ތުޖެ ޕާކޭ އަދޫރާ ނަރަހާ
ކަލާ ޙާސޮލް ވުމުން އަހަރެން ހުރިހާ އުނިކަމެއް ފިލައިފިއެވެ.
ކިޔުންކި ތުމްހިހޯ އަބް ތުމްހިހޯ ޒިންދަގީ .......................................

Sunday, August 25, 2013

ހިތުގެ އެތިކޮޅުތައް
ލަގީ އާޖް ސާވަންކި ޕިރް ވޯ ޖަޅީހޭ
އަނެއްކާވެސް ވިއްސާރަ މޫސުމުގެ އެ ވިނަތައް އާރޯވާން ފެށީއެވެ.
ވޮހީ އާގް ސީނޭމެ ޕިރް ޖަލްޕަޅީހޭ
އަނެއްކާވެސް ހަމަ އެއަލިފާން މޭގައި އަދަން ފެށީއެވެ.
ކުޗް އޭސޭހި ދިންތޭ ވޮ ޖަބް ހަމް މިލޭތޭ
އަހަރެމެން ބައްދަލުވީވެސް ހަމަ މިކަހަލަ ދުވަހެއްގައެވެ.
ޗަަމަންމޭ ނެހީ ޕޫލް ދިލްމޭ ކިލޭތޭ
މާތައް ފޮޅުނީ ބަގީޗާއަކު ނޫނެވެ، އަހަރެމެންގެ ހިތުތެރޭގައެވެ.
ޔެހީތޯހެ މޯސަމް މަގަރް ރުތް ނެހީ ވޯ
މިއީ އެމޫސުމެވެ. އެކަމަކު އެ ނަކަތެެއް ނޫނެވެ.
މެރޭ ސާތު ބަރުސާތު ބީ ރޯ ޕަޅީހޭ
މިއޮއްގެން ވިއްސާރަވެސް އަހަރެންނާއެކު ރޮނީ ވޮއްޔާއެވެ.
ކޮއީ ކާޝް ދިލްޕޭ ޒަރާ ހާތް ރަކްދޭ
މީހަކު އައިސް އަހަރެންގެ ހިތުގައި ފިރުމާލަދޭނެ ނަމައެވެ.
މެރޭ ދިލްކެ ޓުކުޅޯންކޮ އިކްސާތު ރަކްދޭ
ފުނޑު ފުނޑު ވެފައިވާ އަހަރެންގެ ހިތުގެ އެތިކޮޅުތައް އެއްކޮއްލަދޭނެ ނަމައެވެ.
މަގަރު ޔޭހެ ޚާބޯން ޚަޔާލޯންކި ބާތޭ
އެކަމަކު މިއީ ޚިޔާލީ ހުވަފެނީ ވާހަކަ ތަކެކެވެ.
ކަބީ ޓޫޓުކަރު ޗީޒް ކޯއީ ޖުޅީހޭ
އެއްވެސް އެއްޗެއް ފުނޑު ފުނޑު ވެފައި އަމިއްލައައް އެކުވޭހެއްޔެވެ.

    ޅަދުވަސް ބޭއިރާދާ ނަޒަރު މިލްގައީތޯ، މުޖުސެ ދިލްވޯ މެރާ މާންގު ބޭޓޭ ގަސްތަކާ ނުލާ ބަލާލެވުމުންވެސް މިކަމަނާ މި އެދުނީ އަހަރެންގެ ހިތަށ...